ސިޔާސީ ޕާޓީތަކަށް 11 މިލިއަން ރުފިޔާ ދޫކޮށްފި

ސިޔާސީ ޕާޓީތަކާއި އެކުގައި އިލެކްޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ހަތާވީސް

ތިން ސިޔާސީ ޕާޓީއަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މިއަހަރު ކުރީކޮޅު ޕާޓީތަކަށް ފައިސާ ދޫކޮށްފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ތިން ޕާޓީއަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާ ފައިސާގެ އަދަދުތަކުގެ ތެރޭގައި:

- އެމްޑީޕީ: 5.8 މިލިއަން ރުފިޔާ
- ޕީޕީއެމް: 3.9 މިލިއަން ރުފިޔާ
- ޖުމްހޫރީ ޕާޓީ: 1.3 މިލިއަން ރުފިޔާ އެވެ.

މިއަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައަޅާފައިވަނީ 33.4 މިލިއަން ރުފިޔާއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވަނީ މިއަހަރު ދައުލަތުގެ ބަޖެޓުގައި ދަތިތަކެއް ހުރެގެން ކަމަށެވެ. މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ދެބައިކުޅަ އެއްބައި އަދިވެސް ދޫކުރެވިފައި ނުވާކަމަށާއި، ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރާ މިންވަރަކުން ޕާޓީތަކަށް ފައިސާ ދޫކުރަމުން ގެންދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.