ރައީސް ޔާމީންގެ މަންމާފުޅުގެ ހާލުކޮޅު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާ ދެނީ

ރައީސް ޔާމީންގެ މަންމާފުޅު ---

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަންގެ ހާލުކޮޅު ދެރަވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ

ރައީސް ޔާމީންގެ މަންމާފުޅުގެ އުމުރުފުޅަކީ 83 އަހަރެވެ. އެކަމަނާ ދިރިއުޅުއްވަނީ ދަރިކަނބަލުން އަދި ރައީސް ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލްގައްޔޫމުގެ އަރިހުގައި ސްރީލަންކާގައެވެ. ރައީސް ޔާމީންގެ މަންމާފުޅަކީ ނ. ވެލިދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެކެވެ.

މަންމާފުޅުގެ ހާލުކޮޅު ދެރަވެ ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ގެންދަވާއިރު ދަރިކަލުން، އަދި ކުރީގެ ރައީސް ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް މާފުށި ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ މަންމާފުޅުގެ ތިއްބަވަނީ ރައީސާއެކު ހަ ބޭފުޅުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.