އޭޑީކޭގައި 20،000ވަނަ ކުއްޖާ ވިހައިފި

އޭޑީކޭގައި ވިހި 20،000ވަނަ ކުއްޖާ --- ފޮޓޯ / އޭޑީކޭ

ރާއްޖޭގައި އެންމެ ދުވަސްވީ އަމިއްލަ ހޮސްޕިޓަލު އޭޑީކޭ ހޮސްޕިޓަލުގައި 20،000ވަނަ ކުއްޖާ އުފަންވުން ފާހަގަކޮށްފިއެވެ.

އޭޑީކޭއިން ވަނީ އިއްޔެ އެ ދުވަސް ހާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އޭޑީކޭ ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އަމިއްލަ ހޮސްޕިޓަލަށް ވާއިރު އެ ހޮސްޕިޓަލުން ވަނީ މި ފަހުގެ ތާރީހެއްގައި ގިނަގުނަ ކާމިޔާބީތަކެއް ވެސް ހާސިލްކޮށްފައެވެ. އޭޑީކޭއިން އަންނަނީ މެދުނުކެނޑި 25 އަހަރު ވަންދެން ވިއްސުމުގެ ހިދުމަތް ދެމުންނެވެ.

މި ކުއްޖާ ވިހެއުމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖުމަންޓުން ވަނީ ކޭކު ހަދިޔާކޮށް، ވިހެއުމަށް ދިޔަ ހަރަދު ވަނީ ހޮސްޕިޓަލުން ހިލޭކޮށްދީފައެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 25 އަހަރުން ދަށުގެ އާބާދީއަކީ 170،000 އެވެ. އެހެންކަމުން މި 20،000 ކުދިން އުފަން ކުރުމުގައި އޭޑީކޭގެ ހިއްސާ އޮތް މިންވަރު ހާމަވެގެންދާނެއެވެ. އަދި އާއްމުން އޭޑީކޭއަށް ކުރާ އިތުބާރުވެސް މިކަމުން އެނގިގެންދާނެއެވެ.

ފުރިހަމަ ސިއްހަތެއްގައި އެ ކުދިން އުފަންކޮށް، ހިދުމަތް ދިނުން އޭޑީކޭން ދެކެނީ އެތަނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ގަބޫލުކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.