ކުޑަ ދެ އަންހެން ކުދިންނަށް ދޮންބައްޕަ ޖިންސީ ގޯނާކޮށްފި

މެދު ރާއްޖެތެރޭ ރަށެއްގައި ދޮން ބައްޕައަކު ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ވަނީ އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފައެވެ. އެހެންކަމުން އެކުދިންގެ މަންމައާ ކުދިން ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށް ޖެންޑާއިން ބުނެއެވެ.

ފުލުހުން މި މައްސަލައާ ގުޅޭ ގޮތުން ބުނީ މެދު ރާއްޖެތެރޭ ރަށެއްގައި 55 އަހަރުގެ ދިވެހި ފިރިހެނަކު އޭނާގެ ދެ ދޮންދަރިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލާގައި އަނިޔާ ލިބިފައިވަނީ 18 އަހަރުން ދަށުގެ ދެ ކުދިންނަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާއަކީ އެ މުއައްސަސާއިން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން އެކުދިންނަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ކުދިންގެ އައިޑެންޓިޓީއާ އަތޮޅާއި ރަށް ހާމަނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން އެތައް މައްސަލައެއް މިފަހުން އަންނަނީ ފުލުހުންނާއި ޖެންޑާއަށް ހުށަހަޅަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.