ކޮރޯނާއަށް ޝައްކު ކުރެވުނު 7 މީހުންވެސް ދޫކޮށްލައިފި

ކޮރޯނާ -

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން ފުނަދޫގައި ކަރަންޓީނުކޮށްފައި ތިބި 7 މީހުންވެސް ދޫކޮށްލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮރޯނާއަށް ޝައްކު ކުރެވުނު މި ހަތް މީހުންގެ ޓެސްޓުތައް ހެދުމަށް ސާމްޕަލް ބޭރަށް ފޮނުވުނުކަމަށާއި، އެއިން އެއްވެސް މީހަކު ކޮރޯނާއަށް ޕޮޒިޓިވް ވެފައި ނުވާކަމަށެވެ. އެޗްޕީއޭއިން ބުނީ އެ އެޖެންސީގެ ބެލުމުގެ ދަށުން އެ ހަތް މީހުންވެސް މިހާރު ވަނީ ދޫކޮށްލާފައި ކަމަށެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވައިރެހުގެ އަލާމާތްތައް ފެނިގެން ވަނީ އެކަކު ކަރަންޓީނު ކޮށްފައި ކަމަށާއި، އޭނާގައިގައި އެވައިރަސް ހުރިތޯ ބެލުމަށް ކުރި ޓެސްޓުން ދެއްކީ ނެގެޓިވް ކަމަށް އެޗްޕީއޭ އިންބުނެއެވެ. އަދި އެބައްޔަށް ޝައްކު ނުކުރެވޭ އިތުރު ހަމީހަކުވެސް ކަރަންޓީނު ކޮށްފައި ވާނޭ ކަމަށާއި، އެމީހުންގެ ޓެސްޓުވެސް ނެގެޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބަލީގެ އަލާމާތެއް ފެނިގެން ކަރަންޓީނު ކުރީ އެންމެ ފުރަތަަމަ މި ބަލީގައި ކަރަންޓީނު ކުރި މީހާ އެކަންޏެވެ. މީގެ އިތުރުން ޗައިނާ އަށް ދަތުރުކޮށް ބަލީގެ ބައެއް އަލާމާތްތައް ފެނުނު ނަމަވެސް އެވައިރަސް ހުރެދާނެ ކަމަށް ޝައްކު ނުކުރެވޭ ހަތަރު މީހަކު ވަނީ ކަރަންޓީނު ކޮށްފައެވެ. ބަލީގެ އެއްވެސް އަލާމާތެއް ނެތް ހަމައެކަނި ޗައިނާ އަށް ދަތުރުކޮށްފައި ވުމާއި ގުޅިގެން ކަރަންޓީނު ކުރީ ދެމީހުންނެވެ.

ކޮރޯނާއަށް ޓެސްޓު ކުރެވުނު އެއްވެސް މީހަކު އެއް ބައްޔަށް ޕޮޒިޓިވް ނުވާ ކަމަށް ރައީސް އިއުލާން ކުރައްވާފައި ވަނީ މިއަދު މަޖިލީހުގެ ދައުރު ފެށުމުގެ ގޮތުން  ރައީސް ދެއްވި ރިޔާސީ ބަޔާނުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.