ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބު: ތިއީ ވަރަށް ތާފަނާ ބަޔާނެއް

ރައްޔިތުން މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅު ބައެއް މެންބަރުން ފާޑު
ވިދާޅުވެއްޖެއެވެ.

އެގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު މިއަދު އިއްވެވީ ވަރަށް "ތާފަނާ" ރިޔާސީ ބަޔާނެއް ކަަމަށެވެ.

މާވަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، މިއަދު އިއްވި ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ މުޅި ދައުލަތް ވަނީ އޮޅުންބޮޅުމުގެ ތެރޭގައި ކަމަށާއި، އިޖްތިމާއީ އިންސާފުން އެކަހެރިވެ މުޅިގައުމުގެ އިގްތިސާދު ދަށަށް ގޮސްފި ކަމަށެވެ. އަދި އެކަން ހަމަމަގައް އެޅުވޭނެ ގާބިލްކަން މިސަރުކާރުގައި ނެތްކަމަަށްވެސް ސައީދު ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވި ވަގުތު އިދިކޮޅު މެންބަރުން ވަނީ މަޖިލިސް ތަޅުމުގައި ހިމޭން އިހުތިޖާޖެއް ކޮށްފައެވެ. އަދި އެ އިހުތިޖާޖުގައި އެ މެންބަރުން ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލުމަށް ގޮވާލާފައެވެ.
ރިޔާސީ ބަޔާނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިއަހަރުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ މުހިއްމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.