ވީއައިއޭ ޖެޓީން ވެއްޓުނު ޗައިނާ ކުޑަ ކުއްޖާ ސަލާމަތްކުރި މީހާއަށް ގިނަބައެއްގެ ތައުރީފު

ވީއައިއޭ ޖެޓީން ވެއްޓުނު ޗައިނާ ކުޑަ ކުއްޖަކު ސަލާމަތްކޮށްފި/ ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޖެޓީން މޫދަށް ވެއްޓުނު ޗައިނާއަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖާ ސަލާމަތްކުރި މީހާއަށް ގިނަ ބަޔަކު ތައުރީފް ކުރަން ފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި ޓްވީޓެއްގައި ބުނީ މޫދަށް ވެއްޓުނު ޗައިނާ ކުއްޖާ ސަލާމަތް ކުރީ އެ ކުންފުނީގެ ފަޔާ ފައިޓާ ޓްރެއިނީއެއް ކަމަށްވާ އިބްރާހިމް ނަސްރު ކަމަށެވެ. އެމްއޭސީއެލްއިން ވަނީ އެ ކުއްޖާ ސަލާމަތް ކުރުމަށް ނަސްރު ކުރި މަސައްތަކަށް ތައުރީފު ކޮށްފައެވެ. އަދި މި ޓޫވީޓަށް ކޮމެންޓް ކުރަމުން ގިނަ ބަޔަކުވަނީ އެ ކުއްޖާ ސަލާމަތް ކުރި މީހާއަށް ތައުރީފްގެ ބަސްތައް ރައްދު ކުރަމުން ނެވެ.

ޗައިނާގެ ކުޑަ ކުއްޖަކު ސަލާމަތް ކުރީތީ އެކަމާއި ޗައިނާއިން ރާއްޖެއަށް އައްޔަން ކުރައްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް ވެސް ވަނީ ނަސްރުގެ ހިތްވަރުގަދަ މަސައްކަތް ފާހަގަ ކުރައްވާފައެވެ.  ނަސްރުގެ ކިބައިން ފެނުނީ ގިނަ ދިވެހިންގެ ކިބައިން ފެންނަ އަޅާލުމާއި ލޯބި ކަމަށްވެސް ސަފީރުގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ނަސްރު އެ މަސައްކަތް ކޮށްފައި ވަނީ އަމިއްލަ ނަފްސަށް ބެލުމެއް ނެތިކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ މަސައްކަތް ކުރާ މުވައްޒަފުންނާއި މެދު ފަހަރުވެރިވާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *