މިނިމަމް ވޭޖު ބިލު މަޖިލީހުގެ މިދައުރުގައި ހުށަހަޅަނީ

ރައީސް ސޯލިހް ރިޔާސީ ބަޔާން އިވުން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވާ ދެއްވާ ރައީސް ސޯލިހު ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ބިލު ރައްޔިތުންގެ މަޖިލީހަށް މި ދައުރުގެ ތެރޭގައި ހުށަހަޅާނެ ކަމަށެވެ. މި ދައުރުގެ ތެރޭގައި މިނިމަމް ވޭޖު ބިލު ހުށަހަޅާއިރު ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރި ރިޕޯޓު މިދިޔަ މަހުގެ ހަތްވަނަ ދުވަހު ރައީސް ސޯލިހަށް ވަނީ އަރުވާފައެވެ.

މިނިމަމްވޭޖް ނުވަތަ އެންމެކުޑަ އެންމެ ކުޑައުޖޫރަ ކަނޑައެޅުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުގެ ތެރެއިން ހިމެނޭ އެއް ވައުދެވެ. ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އެކަނޮމިކް މިނިސްޓަރަށް ލަފާދިނުމަށް މިނިމަމް ވޭޖް ބޯޑު ރައީސް ސޯލިހް އެކުލަވާލެއްވީ މިދިޔަ މޭމަހުއެވެ. އެ ބޯޑުގައި ފަސް މެންބަރުން ހިމެނޭއިރު މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަކޮށްދެވޭ އުޖޫރަ ކަނޑައެޅުމަށް މަދު ވެގެން ދެ އަހަރުން އެއްފަހަރު ބޯޑުން އެކަން މުރާޖައާ ކުރަންވާނެ ކަމަށް ގާނޫނުގައި ބުނެއެވެ. ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅުމުގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން އިން ކުރި ދިރާސާތަކާއި މިނިމަމްވޭޖް ބޯޑުގެ ނިންމުންތައް މިދިޔަ މަހު އިކޮނޮމިކް މިނިސްޓްރީއާ މިދިޔަ ޑިސެމްބަރުމަހު ވަނީ ހިއްސާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *