ރިޔާސީ ބަޔާން އިއްވި އިރު އިދިކޮޅުން ތިބީ އިހުތިޖާޖު ކުރުމުގައި!

ރިޔާސީ ބަޔާން އިއްވަމުން ދަނިކޮށް އިދިކޮޅު މެންބަރުން އިހުތިޖާޖުކުރަނީ/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއި އެކު އިދިކޮޅު މެންބަރުންވެގެން ރައީސް ވާހަކަފުޅު ދައްކަވަން ހުންނެވި ޕޯޑިއަމްގެ ކައިރީގައި ތިބެ އިހްތިޖާޖް ކުރަން ފަށައިފިއެވެ.

އިދިކޮޅު މެންބަރުން އިހްތިޖާޖް ކުރަމުންދަނީ ރައީސް ރިޔާސީ ބަޔާން އިއްވަމުންދަނިކޮށް، އެމަނިކުފާނު ހުންނެވި ޕޯޑިއަމް ކައިރީގައި ތިބެއެވެ. އެދިކޮޅު މެންބަރުން އިހުތިޖާޖުކުރަމުންދިޔައީ ހަމަހިމޭންކަމާއެކު ޕޯސްޓަރުތަކެއް ހިފައިގެން ތިބެއެވެ. ބައެއް ޕޯސްޓަރުތަކުގައި ލިޔެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ.

ރައީސްގެ ރިޔާސީ ބަޔާން އިއްވައި ނިމެންދެން ރައީސް ހުންނެވި ޕޯޑިއަމްކައިރީގައި އިދިކޮޅު މެންބަރުން އިހުތިޖާޖުކުރިއެވެ. ނަމަވެސް އެއްވެސް ބޭފުޅަކު އަޑުގަދަކުރައްވާ ރައީސްގެ ވާހަކަފުޅަށް ހުރަސް އަޅުއްވާފައެއް ނުވެއެވެ.

ޖަލްސާ ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ހުންނެވީ ރައީސްގެ ފޮޓޯފުޅު ނުފެންނަ ގޮތައް އެމަނިކުފާނުގެ ސީދާ ކުރިފުޅުމަތީގައި ކަމަށާއި އެއީ ވަރަށް ދެރަކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން މަޖިލީހުގެ ޖަލްސާތައް ހުޅުވާ ދުވަހު ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގާފައި ވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގެން 2015 ވަނަ އަހަރު ރިޔާސީ ބަޔާން އިއްވެވި އިރު ވެސް އެމްޑީޕީ މެންބަރުން އިހްތިޖާޖް ކުރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *