ޝުޖާއު މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފި

ނަސްރުގެ ދުވަހާއި ގުޅިގެން ބޭއްވި އެއްވުމުގައި ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ --

އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު މާދަމާ ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޝުޖާއު ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާ މެންދުރު 14:30 އަށެވެ. އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައި ވަނީ ނަސްރުގެ ދުވަހާއި ގުޅިގެން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އިދިކޮޅުން ބޭއްވި އެއްވުމާއި ގުޅޭ ގޮތުންނެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ހިންގި ހަރަކާތާއި ގުޅޭ ގޮތުން ޝުޖާއު ވަނީ މީގެކުރިން ހައްޔަރުވެސް ކޮށްފައެވެ. އަދި ފުލުހުން އޭނާގެ މައްޗަށް ހަ ތުހުމަތެއް ވެސް ކުރިއެވެ. އެހެންކަމުން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގީ ޝުޖާއުގެ ތުހުމަތުތަކަށް ލިޔުމުން ޖަވާބުދާރީވުމަށެވެ.

ޝުޖާއު އަށް ފުލުހުން މީގެކުރިން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސްއެޅުމާއި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުން ފަދަ ކަންކަން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *