ރާއްޖެއިން އިންޑިއާ އަށް ކަނޑައެޅި އާ ސަފީރުގެ ފަތްކޮޅު އަރުވައިފި

ރާއްޖެއިން އިންޑިއާ އަށް ކަނޑައެޅި އާ ސަފީރުގެ ފަތްކޮޅު އެގައުމުގެ ރައީސަށް އަރުވަނީ --

ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު ޑރ.ހުސެއިން ނިޔާޒު، ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފިއެވެ.

ނިޔާޒުގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދަށް އެރުވީ އެގައުމުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ރައީސް ބައިވެރިވެވަޑައިގެންނެވީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށެވެ.

ނިޔާޒު އެންމެ ފަހުން ހުންނެވީ އެކުވެރި ޢަރަބި ޢިމާރާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަދި، އެ މަނިކުފާނު ވަނީ އަބޫ ދާބީގެ އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީގެ ދާއިމީ މަންދޫބުގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކި މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ.

ނިޔާޒަކީ ނިއުޒީލެންޑުން ޑިމޮގްރަފި އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސަފީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *