ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

ކޮވިޑް19 ފެތުރެން ފެށުމުން މިިދިޔަ އޭޕްރީލް މަހު، މުޅި މާލެ ލޮކްޑައުން ކުރުމުން ފުލުހުން މަގުމަތީ ފޯރިމަރަނީ-- ފޮޓޯ/ މިހާރު

މާލެއިން މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދަނިކޮށް އޭނާ އަމިއްލައަށް ގެއަށް އައިސްފިއެވެ.

ފުލުހުން ބުނީ ބ. މާޅޮސް، ކީސްފިލާ، ޢަބްދުﷲ މުޢާޒު (30އ) ގެއްލިގެން ހޯދަމުންދާކަން ފުލުހުން އިއުލާން ކުރިތާ އިރުކޮޅެއް ފަހުން އޭނާ އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާ ގެއްލިގެން އިއްޔެ ހަވީރު ފުލުހުންނަށް ރިޕޯޓް ކުރީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިގެންނެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން ޢަބްދުﷲ މުޢާޒު ހޯދުމަށް އިއްޔެ ހަވީރުން ފެށިގެން ރޭ 23:00 ހާއިރު ވަންދެން ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވުމުން ފުލުހުން ވަނީ އޭނާ ހޯދަން ރޭ އިއުލާން ކޮށްފައެވެ.

ދާދިފަހުން އަންހެނަކު ވެސް ގެއްލިގެން ހޯދަން އިއުލާންކުރިތާ މާގިނައިރުތަކެއް ނުވަނީސް އޭނާ ވަނީ އަމިއްލަ އަށް ގެއަށް އައިސްފައެވެ. ނަމަވެސް ފަހުން އެނގުނީ އޭނާ ގެއްލުނީ ބަޔަކު އޭނާ ރަހީނު ކުރުމުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *