އެސްޓީއޯ އިޔާ އެންޑް އޮފާގައި 30 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭނެ

އެސްޓީއޯ އިޔާ އެންޑް އޮފާ 2020ގެ ޕޯސްޓަރެއް --

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އިޔާ އެންޑް އޮފާ އިން 30 ޕަސެންޓާއި ހަމަ އަށް ޑިސްކައުންޓު ލިބިގެން ދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިއީ އެސްޓީއޯ އިން ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ އޮފާއެކެވެ. މި އޮފާގައި އެސްޓީއޯ އިން ވިއްކާ މަޝްހޫރު ބްރޭންޑުތަކުގެ ބާވަތްތަކުން ބޮޑެތި އަދަދުތަކުން ޑިސްކައުންޓު ލިބިގެންދާނެއެވެ.

އެގޮތުން އެސްޓީއޯ އިން ވަނީ ހިޓާޗީ ބްރޭންޑުގެ ޓީވީތަކުގެ އަގު ހެޔޮކޮށްފައެވެ. އެސްޓީއޯ އިޔާ އެންޑް އޮފާގެ ދަށުން މީގެކުރިން 2،990 ރުފިޔާ އަށް ވިއްކަމުން ގެންދިޔަ 42 އިންޗިގެ ހިޓާޗީ ބްރޭންޑުގެ ޓީވީއެއް ވިއްކަނީ 2،691 ރުފިޔާއަށެވެ. މީގެކުރިން 11،990 ރުފިޔާ އަށް ވިއްކަމުން ގެންދިޔަ 65 އިންޗިގެ ހިޓާޗީ ބްރޭންޑުގެ ޓީވީއެއް މިހާރު ވިއްކަނީ 11،031 ރުފިޔާއަށެވެ.

އެސްޓީއޯ އިޔާ އެންޑް އޮފާ އަންނަ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހާއި ހަމައަށް އޮންނާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.