ރާއްޖެއަށް 59،000 އަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ޒިޔާރަތް ކުރި ފަތުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ފޮޓޯ / އެމްއޭސީއެލް

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން 59،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އަށް 59،105 ފަތުވެރިން ވަނީ އައިސްފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް 441,952 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެއީ 12,961 ފަތުރުވެރިން ކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ދެވަނަ އަށް އެންމެ ގިނައީ އިންޑިއާއެވެ. އެއީ 5,449 ފަތުރުވެރިންނެވެ. ތިންވަނަ އަށް އެންމެ ގިނައީ އިނގިރޭސިވިލާތެވެ. އެއީ 4,745 ފަތުރުވެރިންނެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މާޗު މަސް ތެރޭގައެވެ. އޭގެފަހުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖޭގެ ފަތުރުވެރިކަން މަޑު މަޑުން އަންނަނީ ރަނގަޅުވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.