ރާއްޖެއިން ކޮރޯނާއަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވޭ: ރައީސް

ރައީސް އިބްރަހީމް މުހައްމަދް ސޯލިހް/ ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ކޮރޯނާއަށް ޝައްކު ކުރެވިގެން ޓެސްޓު ހަދަން ފޮނުވި ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ލިބިއްޖެކަމަށާއި، ނަތީޖާ ދައްކާގޮތުން އެއްވެސް މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުންމުން ނެވެ. ރައީސް ސޯލިހް ވިދާޅުވީ ކޮރޯނާއަށް ޝައްކު ކުރެވިގެން ޓެސްޓު ހެދުމަށް މިހާތަނަށް ރާއްޖެއިން ފޮނުވި ހުރިހާ ދިވެހިންގެ ސާމްޕަލްތައް ރޭގެވަގުތެއްގައި ލިބިފައިވާކަމަށާއި އޭގެތެރެއިން އެއްވެސް މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ބަލި ފެތުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަްވެސް ބޮޑެތި ގޮންޖެހުންތައް ދިމާވެފައިވާކަމަށާއި، ނަމަވެސް ސަރުކާރުގެ އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.

" ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަޔާއި އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް އެއް އަޒުމެއްގައި މަސައްކަތްކުރަމުންދަނީ ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް ކަމަށާއި، މިއީ އިގްތިސާދީ ގޮތުންވެސް ރާއްޖެއަށް ކުރި މަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން ބައިނަލް އަގްވާމީ ގޮތުން ވައިގެ މަގުން ކުރަމުންދާ ދަތުރުތައް މެދުކަނޑާލީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީން ކޮށްފައި ވަނީ ޖުމްލަ 3 މީހެކެވެ. އެއީ ވޭތުވެދިޔަ 14 ދުވަސްތެރޭގައި ޗައިނާ އަށް ޒިޔާރަތްކޮށްފައިވާ ބަޔަކަށް ވާއިރު އޭގެ ތެރެއިން އެކަކީ ޗައިނާގެ މީޓް މާކެޓަކަށް ޒިޔާރަތްކޮށްފައިވާ 20 އަހަރުގެ ޒުވާނެކެވެ. މި އެންމެނަކީ ވެސް ދިވެހިންނެވެ.

މީގެ އިތުރުން އިއްޔެގެ ވަގުތެއްގައި ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވާ 7 ދިވެހިން ވަނީ އިންޑިއާގެ ފްލައިޓެއްގައި އިންޑިއާގެ ދިއްލީއަށް ގެންގޮސް ކަރަންޓީންކޮށްފއެވެ. މި މީހުން އިންޑިއާގައި ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީގައި 14 ދުވަސް ވަންދެން ކަރަންޓީނު ކުރުމަށްފަހު ރާއްޖެ އަނބުރާ ގެންނާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.