އެސްޓީއޯ އިޔާ އެންޑް އޮފާ 2020، ހިޓާޗީ ބްރޭންޑު ޓީވީގެ އަގު ހެޔޮކޮށްފި

އެސްޓީއޯ އިޔާ އެންޑް އޮފާ 2020 ގެ ދަށުން ހިޓާޗީ ބްރޭންޑުގެ ޓީވީ އަގު ހެޔޮކޮށްފައި---

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އާއްމުންނަށް މީގެކުރިން ވިއްކަމުން ދިޔަ ހިޓާޗީ ބްރޭންޑުގެ ޓީވީތަކުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން މި ބްރޭންޑުގެ ޓީވީތަކުގެ އަގު ހެޔޮ ކޮށްފައި މިވަނީ އެކުންފުނިން ކުރިޔަށް ގެންދާ "އެސްޓީއޯ އިޔާ އެންޑް އޮފާ 2020" ގެ ދަށުން ކަމަށް އެސްޓީއޯ އިން ކޮށްފައިވާ ޓްވީޓުގައި ބުންޏެވެ.

މި އޮފާގެ ދަށުން މީގެކުރިން 2،990 ރުފިޔާ އަށް ވިއްކަމުން ގެންދިޔަ 42 އިންޗިގެ ހިޓާޗީ ބްރޭންޑުގެ ޓީވީއެއް ވިއްކަނީ 2،691 ރުފިޔާއަށެވެ. މީގެކުރިން 11،990 ރުފިޔާ އަށް ވިއްކަމުން ގެންދިޔަ 65 އިންޗިގެ ހިޓާޗީ ބްރޭންޑުގެ ޓީވީއެއް މިހާރު ވިއްކަނީ 11،031 ރުފިޔާއަށެވެ.

މި އޮފާ އަންނަ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހާއި ހަމައަށް އޮންނާނެއެވެ. އިތުރު މައުލޫމާތު ބޭނުންވެއްޖެ ނަމަ ނުވަތަ އޮންލައިންކޮށް ވިޔަފާރި ކޮށްލަން ބޭނުން ނަމަ އެސްޓީއޯގެ https://sto.mv/Estore/Shop?site=sm01&q=Hitachi%20led%20tv ސައިޓަށް ވަނުމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯ އަކީ ކޮންމެ އަހަރެއް ވެސް ނިމިގެންދާއިރު އާއްމުންނަށް އެކުންފުނިން ވިއްކާ މުދަލުން ބޮޑު ޑިސްކައުންޓުތަކެއް ދެމުން ގެންދާ ކުންފުންޏެކެވެ.

Leave a Reply

Your email address will not be published. Required fields are marked *