ފިހާރައެއްގެ ތެރޭގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި ފިހާރައެއްގެ ތެރޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ އުތުރުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ފިހާރައެއްގެ ސޭޓަކަށް އިންދާ، އެ ފިހާރައަށް އައި މީހެއް އެ އަންހެން ކުއްޖާއާ މެދު ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދުގެ ހަވީރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް އިތުރުވެފައި މިވަނީ ދާދިފަހުން ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް އެކުއްޖާގެ ކާފައާ މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވުމާއި އެކުގައެވެ. އެ މައްސަލާގައި އެ ދެމީހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ. އަދި ކުއްޖާގެ ބައްޕަވެސް ވަނީ އިހުމާލުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *