ރާއްޖެއިން ކޮވިޑް ޖެހިގެން އަނެއްކާވެސް މީހަކު މަރުވެއްޖެ

ކޮވިޑް19 ޖެހިގެން މަރުވި މީހެއްގެ ޖަނާޒާ ކުރިއަށް ގެންދަނީ

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ 72 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. ވޭތުވެދިޔަ ދެ ދުވަހު ވެސް ކޮވިޑް ބަލީގައި ދެ މީހަކު ވަނީ މަރުވެފައެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 45ވަނަ މީހާއެވެ.

ރާއްޖެއިން މިއަދުވެސް 110 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. 79 މީހުންނަކީ ބިދޭސީންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 86 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. 24 މީހަކު ޕޮޒިޓިވްވީ 24 މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 12،314 މީހުންނެވެ. 11،316 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ބަލި ޖެހިގެން 947 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *