ދޮޅު މަހަށްފަހު ކޮވިޑުގެ އަދަދު 100އިން މައްޗަށް

ބަލި މީހަކު އެމްބިއުލާންސް އަށް އަރުވަނީ: ފޮޓޯ / ހަތާވީސް

ދުވަސްތަކަކަށްފަހު ރާއްޖެއިން މިއަދު 100އަށްވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ  110  މީހަކު މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި  މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. 79  މީހުންނަކީ ބިދޭސީންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން 86 މީހަކު ޕޮޒިޓިވްވީ މާލެ  ސަރަހައްދުންނެވެ. 24 މީހަކު ޕޮޒިޓިވްވީ 24 މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ  އަދަދަކީ 12،314 މީހުންނެވެ. 11،316 މީހަކު ބަލިން  ރަނގަޅުވެފައިވާއިރު ބަލި ޖެހިގެން 947 މީހަކަށް  އަންނަނީ  ފަރުވާ ދެމުންނެވެ.

މިބަލީގައި މިހާތަނަށް 44 މީހަކު ރާއްޖެއިން ވަނީ  މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *