ކުދިންގެ މައްސަލަތައް ލަސްވާތީ ފަސްޓްލޭޑީ ނަޝީދުގެ އަރިހަށް!

މެޑަމް ފަޒްނާ ރައްޔިތުން މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވަނީ -- ފޮޓޯ / މަޖިލިސް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ޝަރުއީ ކޯޓުތަކުގައި ލަސްވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހިއްސާ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެ ބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަަތަކުގައެވެ. ހާއްސަ ގޮތެއްގައި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކުގައި ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތައް ކޯޓުތަކުގައި ނިންމުން ލަސްވެފައިވާތީ އެކަމަށް ހައްލު ހޯދިދާނެ ގޮތްތަކާއި މެދު މެޑަމް ފަޒްނާ އާއި މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ނަޝީދާއި މަޝްވަރާ ކުރެއްވި ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ނަފްސާނީ ބަލީގެ މީހުންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އާންމުން ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ މެޑަމް ފަޒްނާއަކީ ޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރައްވާ ޔުނިސެފްގެ އެމްބެސެޑަރު ކަންވެސް ކުރައްވާ ބޭފުޅެކެވެ.

މިއީ ފަސްޓް ލޭޑީއަކަށް ފަޒްނާ ވެވަޑައިގެންނެވި ފަހުން ރަސްމީ ހައިސިއްޔަތުން ނަޝީދާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

Leave a Reply

Your email address will not be published. Required fields are marked *