ދައުލަތުގެ ހަރަދު ކުޑަކުރަން ރައީސް އަންގަވައިފި

ފިނޭންސް މިނިސްޓަރު އަމީރަށް މަގާމަުގެ ލިޔުން ރައީސް ހަވާލު ކުރައްވަނީ -- ފޮޓޯ / ރައީސް އޮފީސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ލޮޅުން އަރަމުންދާތީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.

ސަރުކާރުން މިއަދު ވަނީ ޗައިނާއިން އަންނަ އެއްވެސް ގައުމެއްގެ ފަތުރުވެރިއެއް ރާއްޖެ އެތެރެކުރުން މަނާކޮށްފައެވެ. އެކަން އިއުލާން ކޮށްފައިވަނީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ ނިންމުމާއެކު ކުރާނެ އަސަރުތައް ދެނެގަނެ ސަރުކާރުން އެ ކަންކަމަށް ތައްޔާރުވާނެ ކަމަަށެވެ. އެގޮތުން ސަރުކާރުން މިހާރު ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށާއި އަދި ސަރުކާރުގެ ކުންފުނިތަކަށް އެ ނިންމުމާއި ގުޅިގެން ކުރަންޖެހޭ ކަންކަން އަންގާފައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް އޮފީސްތަކަށް ސާކިއުލާތައް ފޮނުވާފައެވެ. އެކަމުގެ ތަފްސީލުތައް މީޑީއާތަކަށް ފަހުން އާއްމު ކުރާނެ ކަމަށް އަލީ ވިދާޅުވިއެވެ.

ދެހާސް ވިހިވަނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ބަޖެޓަކީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެވެ. ބަޖެޓު ފާސްކޮށްފައިވަނީ ސަރުކާރުން ބަޖެޓު ހުށަހެޅި ވަރަށްވުރ 366 މިލިއަން ރުފިޔާ އިތުރުކޮށެވެ. ބަޖެޓަށް ބޮޑަށް އިތުރުކުރީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާއެވެ. އިތުރުކުރި ބަޔަށް ފައިސާ ހޯދަން ނިންމާފައިވަނީ 929 މިލިއަން ރުފިޔާގެ ޓީބިލު ވިއްކައިގެންނެވެ.

މި އަހަރުގެ ބަޖެޓަކީ 5.6 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. އާމްދަނީގެ 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި 35.6 ބިލިއަން ރުފިޔާއަކީ ޖުމްލަ ހަރަދެވެ.

ނަމަވެސް އަހަރުގެ ކުރީކޮޅު ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގެ މައި ނާރު ކަމަށްވާ ފަތުރުވެރި ކަމަށް ބޮޑު އަސަރެއް ކޮށްފައިވާތީ ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *