24 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ފެން ކުންފުންޏަށް

24 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީ އަށް ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --

ރާއްޖޭގެ 24 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީ އާއި މިއަދު ހަވާލުކޮށްފިއެވެ.

ފެން ކުންފުންޏާއި ހަވާލުކުރީ 18 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށެވެ. މި 20 ރަށުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އަދި ބާކީ އޮތް ހަ ރަށުގެ ފެން ވިއުގައެއް ގާއިމް ކުރުމަށެވެ. މިމަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާގެ ހޭދަވާނެއެވެ.

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރާ ރަށްތައް

- ހއ. ވަށަފަރު، ހއ.މާރެންދޫ، ހއ. ތަކަންދޫ،

- ހދ. ހިރިމަރަދޫ، ހދ. ކުމުންދޫ،

- ށ. ގޮއެދޫ

- ނ. މާފަރު، ނ. ފޮއްދޫ،

- ރ. ފައިނު

- ބ. ކަމަދޫ، ބ. މާޅޮސް، ބ. ކެންދޫ

- ޅ. އޮޅުވެލިފުށި

- އދ. ކުނބުރުދޫ

- އއ. ހިމަންދޫ، އއ. ފެރިދޫ

- ގދ. ވާދޫ، ގދ. ފިޔޮރީ

މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގުއެވެ. ފެން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. މި މަޝްރޫއުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ 18 މަސްދުވަހުން ނިންމުމަށެވެ. އަދި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް 15 މަސް ދުވަހުން ނިންމަންޖެހެއެވެ.

Leave a Reply

Your email address will not be published. Required fields are marked *