ކޮވިޑް19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ

ބަލި މީހަކު އެމްބިއުލާންސް އަށް އަރުވަނީ: ފޮޓޯ / ހަތާވީސް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މިއަދު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިއަދު މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މިމީހާ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

މިއަދު އިތުރު މީހަކު ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވެފައިވާއިރު، އިއްޔެ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވެއެވެ. އެޗްޕީއޭ އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް މި ބައްޔަށް 12,154 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11،262 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް19 ޖެހިގެން މިއަދު މިބަލީގައި ރާއްޖެއިން މަރުވީ 43 ވަނަ މީހާއެވެ.

Leave a Reply

Your email address will not be published. Required fields are marked *