އިދިކޮޅުގެ ހަރަކާތްތައް އިންތިޒާމްކޮށް ހިންގާނެ ސްޓިއަރިން ކޮމިޓީތަކެއް އިންތިހާބުކޮށްފި

އިދިކޮޅުން ބޭއްވި ސްޓިއަރިން ކޮމެޓީގެ އިންތިހާބުގެ ތެރެއިން --

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތްތައް އިންތިޒާމްކޮށް ހިންގާނެ ސްޓިއަރިން ކޮމިޓީތަކެއް އިންތިހާބުކޮށްފިއެވެ.

މި އިންތިހާބު ކުރިޔަށް ގެންދިޔައީ އިއްޔެއެވެ. އެގޮތުން އެޕާޓީ އިން ވަނީ 18 ތަނެއްގައި އެ އިންތިހާބު ކުރިޔަށް ގެންގޮސްފައެވެ. ސްޓިއަރިން ކޮމިޓީތަކަށް 1100 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލި އިރު ބައެއް ރަށްތަކުގައި އިންތިހާބު ބާއްވާކަށް ނުޖެހުނެވެ.

މި ދުވަސްވަރަކީ ކޮވިޑް19 ގެ ބަލިމަޑުކަން ފެތުރިފައިވާ ދުވަސްވަރެއް ކަމުން އިންތިހާބުގެ ކަންކަން ކުރިޔަށް ގެންގޮސްފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެ މަސައްކަތަކީ ޒިންމާދާރު ވާދަވެރި އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި، ކުރަން ބޭނުންވާ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިދިކޮޅުން ކުރަން ނިންމި ކަމެއް ކަމަށް އެ ކޯލިޝަން އިން މީގެކުރިން ބުނެއެވެ.

ކޮމެޓީތަކަށް މެންބަރުން އިންތިހާބު ކޮށްފަިއ ވަނީ އާބާދީ އަށް ބެލުމަށްފަހު ހަތް މެންބަރުންނާއި 11 މެންބަރުންގެ މައްޗަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.