މާލޭގައި މިރޭ ހަވާ އެރުވީ ކައިވެނި ހަފްލާއަކާ ގުޅިގެން

މީގެކުރިން މާލޭގައި ބޭއްވި ހަފްލާއެއްގައި ހަވާ އަރުވަނީ --

މާލޭގައި މިރޭ ހަވާ އެރުވީ ކައިވެނި ހަފްލާއަކާ ގުޅިގެންކަން "ހަތާވީސް" އަށް އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިރޭ މާލޭގައި ހަވާ އެރުވީ ސޯލްޓު ކެފޭގައި އޮތް ކައިވެނި ހަފްލާއަކާ ގުޅިގެންނެވެ. މިއީ މި ކައިވެނީގެ މައުލޫމާތު އެނގޭ މީހަކު "ހަތާވީސް" އަށް ބުނީ މިއީ ކައިވެނީގެ ހަފްލާގެ "ސަޕްރައިޒް" އިވެންޓެއް ކަމަށެވެ. ހަވާ އަރުވާފައި ވަނީ ދެ މިނެޓަށެވެ.

އެމްއެންޑީއެފް އިން ބުނީ މިރޭ 20:00 ގައި މާލޭގެ އިއްޒުއްދީން ފާލަމާއި ދިމާ ބޭރުން ކަނޑުގެ ސަރަހައްދުގައި ހަވާ އެރުވުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިއީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް، ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ކުރިއަށްގެންދާ އިވެންޓެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މީގެކުރިންވެސް ސިފްކޯ އިން ވަނީ މިފަދަ ހަފްލާތަކުގައި ހަވާ އަރުވައިދީފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *