ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ހަރަކާތެއްގެ ތެރެއިން: ފޮޓޯ / ސަން

ރާއްޖޭގައި ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅެގެން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ މިއަމަލު ހުއްޓުވައި ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިޔަށް ގެންދާކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނީ މާލެ އާއި، މާލެ އަތޮޅު ކަނޑުމަތީ ސަރަހައްދުގައާއި އަދި ތ. ތިމަރަފުށީގައި ކަމަށެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެއް އަދި 34 އަހަރުގެ މީހެއް ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ. މީގެއިތުރުން ތ. ތިމަރަފުށިން 31 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ހައްޔަރުކުރިއެވެ.

ފުލުހުން ބުނީ މީގެތެރެއިން 18 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް އަދި އެހެން މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *