ލޮނުޒިޔާރަތް ޕާކް ރަސްމީކޮށް ހުޅުވައިފި

ލޮނު ޒިޔާރަތް ޕާކް ރަސްމީކޮށް ހުޅުވުން/ ފޮޓޯ- ރައީސް އޮފީސް

ހެންވޭރު ލޮނުޒިޔާރަތް ކޮޅުގައި ތަރައްޤީ ކޮށްފައިވާ ލޮނުޒިޔާރަތް ޕާކު ރަސްމީކޮށް މިއަދު ހުޅުވާލައިފިއެވެ.

ލޮނުޒިޔާރަތް ޕާކު ރަސްމީކޮށް ހުޅުވާލާފައިވަނީ ޖުމްހޫރީ ދުވަހާ ގުޅުވައިގެންނެވެ. މި ޕާކް ހުޅުވާފައިވަނީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު އުމަރު ޒާހިރެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން، އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ ހަމީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެކުރިން އެސަރަހައްދަކީ ސުނާމީ ބިނާ ބަހައްޓާފައިވާ ސަރަޙައްދެއެވެ. އަދި މީގެކުރިންވެސް އެސަރަޙައްދަކީ ގިނަ އަދަދެއްގެ ރައްޔިތުން ޢާއިލާއާއެކު ވަގުތު ހޭދަކުރުމަށް ޒިޔާރަށްކުރާ ތަނެކެވެ. މީގެއިތުރުންވެސް އެސަރަޙައްދުގައި ތަފާތު ގިނަ ކުޅިވަރުގެ ހަރަކާތްތަކާއި ސިޔާސީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް މިހާރު އެ ސަރަހައްދު ފެހިކަން ގަދަ ޕާކްއަކަށް ބަދަލު ކުރުމުގެ ސަބަބުން އެ ސަރަހައްދު އިތުރައް ހިތްފަސޭހަ ވެގެންދާނެއެވެ.

ލޮނު ޒިޔާރަށް ޕާކު ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ޕާކުގައި 300 އަށްވުރެ ގިނަ ބެންޗާއި، ދުވާ ޓްރެކްއަކާއި ބައިސްކަލު ދުއްވޭ ލޭނެއްވެސް އެޕާކުގައި ހިމެނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *