"އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރ" ގެ މަގާމުން ހިޝާން ދުރުކޮށްފި

ހިޝާން ---

"އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރ" ގެ މަގާމުން އަހުމަދު ހިޝާން ދުރުކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ހިޝާން އެ މަގާމުން ދުރުކުރީ އޭނާއާ ގުޅޭ މައްސަލަތަކެއް ބަލަމުން އަންނާތީ ކަމަށެވެ. އެ މިނިސްޓްރީން ބުނީ އިޖުތިމާއީ ގޮތުން ހިދުމަތްކުރުމަށްޓަކާ އޮނަރަރީ މަގާމުތަކުގައި ތިބޭ ފަރާތްތަކަކީ ނަޒާހަތްތެރި އަދި އާންމު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ފަރާތްތަކެއް ކަމަށެވެ.

"އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރ" ގެ މަގާމު ހިޝާނަށް ދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދުވަހުއެވެ.

"އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރ" ގެ މަގާމުން ހިޝާން ދުރުކޮށްފައި މިވަނީ ފުލުހުން އޭނާގެ ޕާސްޕޯޓުވެސް ހިފަހައްޓާފައި ވަނިކޮށެވެ. ދާދިފަހުން ލަންކާއަށް ފުރަން ވެގެން ބޯޓަށް އަރާ އިންދާ ފުލުހުން ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހިޝާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ހިޝާން ގެންދިޔައީ ސީދާ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ޖެންޑާއިންވެސް ބަލަމުން ދަނީ ހިޝާންގެ ކޮން މައްސަލަތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.