ހައުސިން މަޝްރޫއުތަކަށް އަންނަ އަހަރު 716 މިލިއަން

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޠުތައް-- ފޮޓޯ/ މިހާރު

އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ 34.78 ބިލިއަން ރުފިޔާގެ ބަޖެޓުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް 716 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ފަހުރުވެރި އާއިލާއެއް ބިނާކޮށް، ގަދަރުވެރި ދިރިއުޅުމެއް އުޅެވޭ ރައްޔިތެއްކަން ކަށަވަރުކޮށްދިނުމަށް، ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށެވެ.

މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހި ކަމަށް ހައްލެއް ހޯދުމަށް، އެފޯޑަބަލް ހައުސިން މަޝްރޫތަކަށް ބޭނުންވާ އިކުއިޓީ ބަޖެޓުން ފޯރުކޮށް ދިނުމަށް 2021 ވަނަ އަހަރު  ހިމެނިފައިވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ، އައު ހައުސިން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށި، އަދި މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމައި ފްލެޓްތައް ހައްގުވާ ފާރާތްތަކަށް ހަވާލުކުރުން ކަމަށް އަމީރު ވިދާޅުވިއެވެ.

"ހައުސިން މަޝްރޫއުތަކަށް ޖުމްލަ 716 މިލިއަން ރުފިޔާ 2021 ވަނަ އަހަރަށް ބަޖެޓުކުރެވިފައިވާނެ،" އަމީރު ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ.....

Leave a Reply

Your email address will not be published. Required fields are marked *