ޒަރޫރޫ ބޭނުންތަކަށް ނޫނަސް ރަށްރަށަށް މިހާރު ދެވޭނެ، ނަމަވެސް ކަރަންޓީންވާން ޖެހޭނެ

ބަޔަކު މީހުން މާލެއިން ފުރަނީ --- ފޮޓޯ / ސަން

މީގެކުރިން ޒަރޫރީ ބޭނުންތަކަށް ނޫނަސް ރަށްރަށަށް ނުދެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ޒަރޫރީ ބޭނުންތަކަށް ނޫނަސް ރަށްރަށަށް ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ޒަރޫރީ ބޭނުންތަކަށް ނޫނަސް ރަށްރަށަށް ދިއުމުގެ ހުއްދަ ލިބުނު ނަމަވެސް 14 ދުވަހު ކަރަންޓީން ކޮންމެ މީހަކުވެސް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

ރަށްތަކަށް ދާ ފަރާތްތަކުން އެޗްޕީއޭގެ "ހާލުބެލުން" ޕޯޓަލް މެދުވެރިކޮށް ހުއްދަ އެއް ނަގަން ޖެހޭނެއެވެ. އަދި އެ ހުއްދަ އަށް އެދުމުން ރަށްރަށުގެ ކައުންސިލްތަކުން އެމީހަކު ކަރަންޓީނުވުމަށް އެދިފައިވާ ތަނެއް ބަލާ އެތަނަކީ ކަރަންޓީނަށް އެކަށީގެންވާ ތަނެއްތޯ ބަލާނެއެވެ. އެފަދަ ތަނެއް ނޫން ނަމަ ވެސް އެމީހަކަށް އެކަން އަންގާނެއެވެ.

ސާދަ ދުވަހުގެ ކަރަންޓީން ފުރިހަމަ ކޮންމެހެން ފުރިހަމަ ކުރަން ނުޖެހޭ ކެޓަގަރީއެއްވެސްވެއެވެ. އެއީ ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް އޮފީސްތަކާއި ކުންފުނިތަކުގެ ފަރާތުން، ކުރު މުއްދަތަށް ރަަށްރަށަށް ދާ ފަރާތްތެކެވެ. ނަމަވެސް އެފަދަ ފަރާތަކުން ވެސް ރަށެއްގައި ހުރެވޭނީ އެންމެ ގިނަވެގެން ފަސް ދުވަހަށެވެ.

Leave a Reply

Your email address will not be published. Required fields are marked *