ރޫޓުގެ ފައިސާތައް ފޭރުމުގައި އެހީވި ތިން މީހުންގެ ވަނަވަރު އާއްމުކޮށްފި

ރޫޓު ފިހާރައިގެ ފައިސާތައް ފޭރުމަށް އެހީވި އިތުރު ތިން މީހުން: މި މައްސަލާގައި މީގެކުރިންވެސް ހަތަރު މީހަކު ހައްޔަރުކުރި، އެމީހުން ތިބީ ފުލުހުންގެ ބަންދުގައި ---

ރޫޓު ފިހާރައިގެ ފައިސާތަކެއް ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ޖަމާ ކުރަން ދިއުމުން އެ ފައިސާތައް މަގުމަތިން ފޭރެން އުޅުނު މައްސަލައިގައި ފުލުހުން ހައްޔަރުކުރި އިތުރު ތިން މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.

އެ ތިން މީހުންނަކީ ވެސް އެ ފައިސާތައް ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުން ކަމަށް ފުލުހުން ބުނެއެވެ.

އެ ތިން މީހުންނަކީ ކ. މާލެ / ގ. ރޮބިންސް، މުހައްމަދު މާހީން މަދީހް (20އ) އާއި ސ. ފޭދޫ / ރަންކޮކާގެ، އަހްމަދު މާހިލް ސައީދު (21އ) އާއި ރ. ރަސްމާދޫ / އޯކިޑްމާގެ، މުހައްމަދު އަޒުމީން (30އ) އެވެ.

އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މީގެކުރިންވެސް އެ މައްސަލަ އާއި ގުޅިގެން ހަތަރު މީހެއްގެ ވަނަވަރު ފުލުހުން އާއްމުކުރިއެވެ. އަދި އެމީހުން ތިބީވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެއެވެ.

މީގެކުރިން ހައްޔަރުކުރި މީހުންނަކީ ވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުންނެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ހެނދުނު 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވި އިތުރު ބަޔަކު ހައްޔަރުކުރިއިރު މި ފޭރުން ކާމިޔާބުވާ ގޮތް ނުވީ ބީއޯސީ ކުރިމަތީގައި ހުރި ސެކިއުރިޓީ ގާޑާއި ފައިސާ ހިފައިގެން ރޫޓު ފިހާރައިން އައި މުވައްޒަފުންގެ ހުޝިޔާރު ކަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *