ކާފައާ މުނިކާފަގެ ބަންދަށް މިފަހަރުވެސް 15 ދުވަސް

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން އިތުރު 15 ދުވަސް ކޮންމެ މީހަކަށް ކޯޓުން ވަނީ ޖަހާދީފައެވެ. މީގެކުރިންވެސް ކޯޓުން މި ދެމީހުންގެ ބަންދަށް ޖަހައިދިނީ 15 ދުވަހެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ކާފައަކީ 62 އަހަރުގެ މީހެކެވެ. އަދި މުނިކާފައަކީ 82 އަހަރުގެ މީހެކެވެ. ކުއްޖާގެ ކާފައަކީ މީގެކުރިންވެސް މިފަދަ އިތުރު މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ. ނަމަވެސް އުމުރަށް ބެލުމަށްފަހު ފުލުހުން އެމީހާ ދޫކޮށްލިއެވެ.

މި މައްސަލާގައި ކުއްޖާގެ ބައްޕަވެސް ފުލުހުން ހައްޔަރުކުރިއެވެ. އޭނާ ހައްޔަރުކުރީ އިހުމާލުވުމުގެ ތުހުމަތުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.