ބައިޑަން ޓްރަމްޕް އަށް: އަހަރެމެންނަކީ އިދިކޮޅު މީހުން، ދުޝްމަނުންނެއް ނޫން!

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށްވާ ބައިޑަން އަދި މިހާރުގެ ރައީސް ޑޮނަލްޑު ޓްރަމްޕް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޑޮނަލްޑު ޓްރަމްޕް އާއި ވާދަކުރައްވާ ޖޯ ބައިޑަން އަކީ ޓްރަމްޕާއި އިދިކޮޅު ބޭފުޅެއް ކަމަށާއި އެހެންނަމަވެސް އޭނާ އަކީ ޓްރަމްޕްގެ ދުޝްމަނެއް ނޫން ކަމަށް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ގައުމާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ މިހާރު ފެންނަމުން އަންނަ ނަތީޖާތައް ވަރަށް ސާފު ކަމަށެވެ. އަދި މި އިންތިހާބު އޭނާ އަށް ކާމިޔާބު ވާނެ ކަމަށް މީގެކުރިންވެސް ވިދާޅުވި ވިދާޅުވުން އޭނާ ވަނީ ތަކުރާރު ކުރައްވާފައެވެ.

ބައިޑަން ވަނީ މީގެކުރިން އޭނާ ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައި ނުވާ ސްޓޭޓުތައް މީގެ 24 އަހަރު ފަހުން އެޕާޓީ އަށް ލިބިގެން ދިއުމުން އެކަން ވެސް ފާހަގަ ކުރައްވާފައެވެ. ވިދާޅުވީ ޖޯޖިއާ އަދި އެރިޒޯނާ 24 އަހަރުފަހުން ޑިމޮކްރެޓިކް ޕާޓީ އަށް ލިބިގެން ހިނގައްޖެ ކަމަށެވެ.

ވައިޓް ހައުސް އަށް ވަޑައިގަންނަވާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަން ޖެހޭނެއެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް އާއްމު ރައްޔިތުންގެ ވޯޓު ކިތަންމެ ގިނައިން ލިބުނު ނަމަވެސް ވެރިކަމަށް ވަޑައިގެންނެވެން އޮންނަނީ އިލެކްޓޯރަލް ވޯޓު އެންމެ ގިނައިން ލިބިވަޑައިގަންނަވާ ބޭފުޅަކަށެވެ.

މުޅިއަކު 538 ބޭފުޅުންގެ މައްޗަށް ހިމެނޭ އިލެކްޓޯރަލް ކޮލެޖު ވޯޓަކީ ގާނޫނު ހަދާ މަޖިލީސް ކަމަށްވާ ހައުސް އޮފް ރިޕްރެސެންޓޭޓިވްހައި ހިމެނޭ 435 މެންބަރުންނާއި ސެނެޓުގައި ހިމެނޭ 100 މެންބަރުންނާއެކު ހިމެނޭ ވޯޓެކެވެ. ކޮންމެ ޕާޓީއަކުން ވެސް އެޕާޓީއެއްގެ ފަރާތުން އިލެކްޓޯރަލް ވޯޓުލާނެ ފަރާތެއްގެ ނަން ހުށަހަޅައެވެ. އެނަމަކީ ޕާޓީއަށް ވަފާތެރި ބޭފުޅުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރުގެ ނަތީޖާތަކަށް ބަލާއިރު ބައިޑަން ވަނީ 253 އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 213 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

ހިޔާލު ދެއްވާ!

Your email address will not be published.