ރާއްޖެއިން ކޮވިޑް ޖެހިގެން 88 އަހަރުގެ މީހަކު މަރުވެއްޖެ

ހުޅުމާލެ މެޑިކަލް ފެސިލިޓީ: ކޮވިޑްޖެހިގެން ފަރުވާ ދެމުންދާ އަދަދަކީ 116-- ފޮޓޯ/ ޕީއެސްއެމް

ރާއްޖެއިން ކޮވިޑް ޖެހިގެން 88 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ނިޔާވި މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ.

އެމީހާ ނިޔާވެފައި ވަނީ މިއަދު 03:50 ގައެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 39 ވަނަ މީހާއެވެ.  ރާއްޖެއިން މިހާތަނަށް 11،893 މީހަކު މިބައްޔަށް ވަނީ  ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *