އައްޑޫގެ ފަތުރުވެރިކަން ތަރައްގީ ކުރަން އިންޑިއާއިން 2.5 މިލިއަން ޑޮލަރުގެ އެހީއެއް

އިންޑިޔާއާއި ރާއްޖެއާއި ދެމެދު އެއްބަސްވުން/ ފޮޓޯ: ފޮރިން މިނިސްޓްރީ

އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން އިންޑިއާއިން 2.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ. މީގެއިތުރުން އިއްޑިއާއިން ވަނީ ހއ. ހޯރަފުށީގައި ފެންބަންދުކުރާ ޕްލާންޓެއް އެޅުމަށްވެސް 51،900 ޑޮލަރުގެ އެހީއެއް ދީފައެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ހައި ކޮމިޝަނާ ސަންޖޭ ސުދީރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އައްޑޫގައި ކުރިޔަށް ގެންދާ ފަތުރުވެރިކަން ތަރައްގީ ކުރުމުގެ މަޝްރޫއާއެކު އެދާއިރާއަށް އިންވެސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިންވެސްޓް ކުރުމަށް އާ ހިތްވަރެއް ލިބި، އެ ސިޓީގެ ސިނާއީ ތަރައްގީއަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
އައްޑޫ ސިޓީ އާއި ހޯރަފުށީގައި ހިންގާ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 2.59 މިލިއަން ޑޮލަރެވެ.

މީގެކުރިންވެސް އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގެ ރަށްތަކުގެ ތަރައްގީގެ މަޝްރޫއުތަކަށް 5.6 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އިއުލާންކޮށްފައެވެ. އެ ފައިސާ ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ވަކިވަކި ރަށްތަކަށް އޭރު ދިޔައީ ދެމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.