ކޮވިޑަށް ކުރި ހަރަދުތައް 2.6 ބިލިއަން ރުފިޔާއަށް

ފުނަދޫގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީ؛ ފޮޓޯ ހެލްތު މިނިސްޓްރީ

ކޮވިޑް19 އާއި ގުޅޭ ސިއްހީ ކަންކަމަށް ސަރުކާރުން 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކޮވިޑާ ގުޅޭ ސިއްހީ ކަން ކަމަށް 1.2 ބިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށެވެ. އެގޮތުން އެ އޮތޯރިޓީ އިން 787.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ހެލްތު މިނިސްޓްރީ އިން 203.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ އިގްތިސޯދީ ކަންކަމަށް 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިންވެސް އެންމެ ބޮޑު ހަރަދެއް ކޮށްފައި އިންކަމް ސަޕޯޓު އެލަވަންސް އަށެވެ. އިންކަމް ސަޕޯޓް އެލަވަންސްއަށް 121.2 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދިނުމަށް 47.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *