ހާޑުވެއާގެ ބާވަތްތައް ވިއްކަމުން އަންނަ އެލްބިއަން އިން އާ ފިހާރައެއް ހުޅުވައިފި

އެލްބިއަން ސްޓޯރގެ އާ ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ފުޅާ ދާއިރާއެއްގައި ހާޑުވެއާ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އެލްބިއަން ސްޓޯރ އިން މާލޭގައި އާ ފިހާރައެއް ހުޅުވައިފިއެވެ.

ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުން ފެށިގެން ހާޑްވެއަރ ގެ ބާވަތްތައް ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށް ސަޕްލައި ކުރަމުން އަންނަ އެލްބިއަން ސްޓޯރގެ އިތުރު އައުޓްލެޓެއް ހުޅުވައި، ޖަނަވަރީ މަގުން ޚިދުމަތް ދޭން މިފެށީ ވަރަށް ގިނަ ކަސްޓަމްރުން އެކަމަށް ބޭނުން ވެފައި ތިބި ދަނޑިވަޅެއްގައި ކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ.

މި ފިހާރަ ހުޅުވައިދެއްވީ އާސްކް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޗެއާޕާސަން އަލްފާޟިލާ އާމިނަތު މިރްފަތު އަޙްމަދުއެވެ. ފިހާރަ ހުޅުވުމުގެ މުނާސަބަތާއި ގުޅުވައިގެން ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަންތަކެއް ވަނީ ފައްޓާފައެވެ. އެގޮތުން މިއަދުން ފެށިގެން މި މަހުގެ 10ގެ ނިޔަލަށް މި ފިހާރައިން 500 ރުފިޔާއަށް ވުރެ މަތިންކުރާ ކޮންމެ ވިޔަފާރިއަކަށް، 10 ޕަސެންޓުގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ޕޮރޮމޯޝަނެއް ވަނީ ފައްޓާފައެވެ.

އެލްބިއަން ސްޓޯރ އިން ބުނީ އެ ފިހާރައިން މިހާރުވެސް ލިބެމުންދާ މަޝްހޫރު ބްރޭންޑްތަކުގެ މުދާ ލިބެން ހުންނާނެ ކަމަށެވެ. އެލްބިއަންގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި މޮންސޫން، ޕްރީމާ، ރޫބީ، ސެރާ، ކެންގަރޫ އަދި އެބްކޯ ބްރޭންޑްގެ ސާމާނު ލިބެގެންދާނެއެވެ.

މީގެ އިތުރުން ތަފާތު ވައްތަރުގެ ހާޑްވެއާ ސާމާނާއި، ފްލޯރިން، ތަފާތު ވައްތަރުގެ ބްލޮކް ބޯޑް، ޕްލައިވުޑް އަދި ސެނިޓަރީ ވެއާގެ ސާމާނު ލިބެން ހުންނާނެ ކަމަށް އެލްބިއަން ސްޓޯރ އިން މައުލޫމާތުދެއެވެ.

ކަސްޓަމަރުންނަށް ލިބިގެންދާނެ އިތުރު ޚިދުމަތްތަކުގެ ތެރޭގައި، އެލްބިއަން ސަރވިސަސްއިން ދެމުން އަންނަ ޓައިލް ކެފުމާއި، މަރާމާތުކުރުމާއި ކާޕެންޓްރީގެ ހިދުމަތްތައްވެސް ކަސްޓަމްރުންނަށް ލިބިގެންދާނެއެވެ. މި ފިހާރަ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން ރޭގަނޑު 21:00 އާއި ހަމައަށް ހުޅުވާފައި ހުންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *