ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕް ސުޕްރީމް ކޯޓަށް

ޑޮނަލްޑު ޓްރަމްޕް --

ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމަށް ވަކާލާތު ކުރާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އިއްޔެ ނެގި ވޯޓުގައި އޮޅުވާލުންތަކެއް ހިނގާ ކަމަށް ވިދާޅުވެ ވޯޓުން ގުނުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް ޑޮނަލްޑު ޓްރަމްޕު ވިދާޅުވެއްޖެއެވެ.

ވައިޓްހައުސްގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަންޕު ވިދާޅުވީ މެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އެމަނިކުފާނު ކަމަށެވެ. އެކަން ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ގާނޫނުތައް ރަނގަޅަށް ބޭނުން ކުރާނެކަން ޔަގީން ކުރަން. ވީމާ އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ދާނަން." ޓްރަމްޕު ވިދާޅުވިއެވެ.

ވައިޓް ހައުސް އަށް ވަޑައިގަންނަވާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަން ޖެހޭނެއެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް އާއްމު ރައްޔިތުންގެ ވޯޓު ކިތަންމެ ގިނައިން ލިބުނު ނަމަވެސް ވެރިކަމަށް ވަޑައިގެންނެވެން އޮންނަނީ އިލެކްޓޯރަލް ވޯޓު އެންމެ ގިނައިން ލިބިވަޑައިގަންނަވާ ބޭފުޅަކަށެވެ.

މުޅިއަކު 538 ބޭފުޅުންގެ މައްޗަށް ހިމެނޭ އިލެކްޓޯރަލް ކޮލެޖު ވޯޓަކީ ގާނޫނު ހަދާ މަޖިލީސް ކަމަށްވާ ހައުސް އޮފް ރިޕްރެސެންޓޭޓިވްހައި ހިމެނޭ 435 މެންބަރުންނާއި ސެނެޓުގައި ހިމެނޭ 100 މެންބަރުންނާއެކު ހިމެނޭ ވޯޓެކެވެ. ކޮންމެ ޕާޓީއަކުން ވެސް އެޕާޓީއެއްގެ ފަރާތުން އިލެކްޓޯރަލް ވޯޓުލާނެ ފަރާތެއްގެ ނަން ހުށަހަޅައެވެ. އެނަމަކީ ޕާޓީއަށް ވަފާތެރި ބޭފުޅުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރުގެ ނަތީޖާތަކަށް ބަލާއިރު ބައިޑަން ވަނީ 238 އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 213 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

ހިޔާލު ދެއްވާ!

Your email address will not be published.