ޖޭއެސްސީ އޮފީސް ކުރީގެ ޕީޕީއެމްގެ އޮފީސް ސަކީނާ މަންޒިލަށް!

ޖޭއެސްސިގެ މެންބަރުންތައް/ ފޮޓޯ: ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އޮފީސް ހ. ސަކީނާ މަންޒިލަށް ބަދަލުކޮށްފިއެވެ.

ސަކީނާ މަންޒިލަކީ މީގެކުރިން ރިޔާސީ އިންތިހާބުގައި މިހާރުގެ އިދިކޮޅު ޕާޓީ އަދި އޭރު ވެރިކަމުގައި އޮތް ޕީޕީއެމްއިން ކެމްޕެއިންގެ މަސައްކަތައް ކުރުމަށް ބޭނުންކުރި ތަނެކެވެ. އެތަނުގައި ރިޔާސީ އިންތިހާބު ނިމުމާއި ހަމައަށް ޕީޕީއެމްއިން ބޭއްވި ހަރަކާތްތައް ބާއްވަމުން ދިޔައެވެ. ނޫސްވެރިންނާއި ބައްދަލުވުންތައް ވެސް އޭރު ބާއްވަމުން ދިޔައީ ސަކީނާ މަންޒިލުގައެވެ.

ޖޭއެސްސީގެ އޮފީސް މީގެކުރިން ހިންގަމުން ދިޔައީ ކުރީގެ ރިޔާސީގެ ތީމުގޭގައެވެ. ނަމަވެސް އެތަނުގައި ޖާގަ ކުޑަވުމުން ޖޭއެސްސީއަށް މަސައްކަތް ކުރުމަށް ވަނީ އުނދަގުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *