ގެއްލުނު އަންހެން މީހާ ރަހީނުކުރި މައްސަލަ ތަހުގީގު ކުރަނީ

ޝިރުމީނާ ---

ގެއްލިގެން ހޯދަމަށް ރޭ އިއުލާން ކުރި އަންހެން މީހާ، ރަހީނުކޮށް އަނިޔާކޮށްގެން 25،000 ރުފިޔާ އަތުލި ކަމަށް އޭނާގެ އާއިލާއިން ބުނެފައި ވަނިކޮށް، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ލުހުން ރޭ ބުނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެރޭ 22:45 ހާއިރުއެވެ.

ފުލުހުން ބުނީ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރެއާ ހަމައަށް ވެސް އެ އަންހެން މީހާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ މިއަދު ހެނދުނު 8:45 ހާއިރު އަމިއްލަ އަށް ގެއަށް އައިސްފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދައްކަމުން ދަނިކޮށް މިއަދު އޭނާގެ އާއިލާ އިން ވަނީ އެ އަންހެން މީހާ ރަހީނުކުރި ކަމަށް ބުނެފައެވެ. އަދި ގިނަ އަދަދެއްގެ ފައިސާ އަތުލި ކަމަށްވެސް ބުންޏެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ ބަޔަކު ވެގެން އެ އަންހެން މީހާ ރަހީނުކޮށް، އޭނާއާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ބްލެކުމެއިލްކޮށް ފައިސާތަކެއް އަތުލި ކަމަށް ބެލެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ އަންހެން މީހާ ޑޮކްޓަރަށް ދައްކާ ފަރުވާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *