ރޫޓު ފިހާރައިގެ ފައިސާތައް ފޭރެން އުޅުނު މައްސަލާގައި ކަމާބެހޭ އިދާރާތައް ކޮމެޓީއަށް ހާޒިރުކުރަނީ

ރޫޓު ފިހާރައިގެ ފައިސާތައް ފޭރެން އުޅެނިކޮށް ސެކިއުރިޓީ ގާޑު ފައިސާތައް ހިފަހައްޓާފައި --

ރޫޓު ފިހާރައިގެ ފައިސާތަކެއް ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ޖަމާ ކުރަން ދިއުމުން އެ ފައިސާތައް މަގުމަތިން ފޭރެން އުޅުނު މައްސަލަ އާއި ގުޅިގެން ކަމާބެހޭ އިދާރާތައް ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އެ މައްސަލަ އާއި ގުޅިގެން ކަމާބެހޭ އިދާރާތައް ކޮމެޓީ އަށް ހާޒިރު ކުރަނީ މިއަދު ހެނދުނު 10:00ގައެވެ. ކޮމެޓީ އަށް ހާޒިރު ކުރަނީ މިނިސްޓްރީ އޮފް ޑިފެންސާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމްގެ އިތުރުން ފުލުހުންނެވެ.

މިދިޔަ އާދީއްތަ ދުވަހުގެ 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހަތަރު މީހަކު މިހާރު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުންނެވެ. މިހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

މި ފޭރުން ކާމިޔާބުވާ ގޮތް ނުވީ ބީއޯސީ ކުރިމަތީގައި ހުރި ސެކިއުރިޓީ ގާޑާއި ފައިސާ ހިފައިގެން ރޫޓު ފިހާރައިން އައި މުވައްޒަފުންގެ ހުޝިޔާރު ކަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *