ކޮވިޑް ޖެހިގެން 38ވަނަ މީހާ މަރުވެއްޖެ

ބަލި މީހަކު އެމްބިއުލާންސް އަށް އަރުވަނީ: ފޮޓޯ / ހަތާވީސް

ރާއްޖެއިން ކޮވިޑް19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.

އެމީހާ އަކީ ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހެކެވެ. އޭނާ ކޮވިޑަށް ޓެސްޓު ކުރިއިރު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މިއީ ރާއްޖެއިން މިބަލި ޖެހިގެން މަރުވި 38ވަނަ މީހާއެވެ.

އެމީހާ އަކީ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ހުއްޓާ ހާލު ދެރަވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެނައި އުމުރުން 60 އަހަރު މީހެކެވެ. އެމީހާ މަރުވީ ރޭ 21:45 ހާއިރުއެވެ.

ރާއްޖެއިން މިހާތަނަށް 11,643 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިބަލި ޖެހިގެން މިހާރު ރިޕޯޓު ކުރާ އަދަދު މަދު ނަމަވެސް ބަލީގެ ނުރައްކަލުން ސަލާމަތްވުމަށް ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ތަބާވުމަކީ މުހިއްމު ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *