ފަރުވާ އަށް ފަހު ޝިޔާމް ދޫކޮށްލައިފި، ހާލުކޮޅު އަންނަނީ ރަނގަޅުވަމުން

އޭޑީކޭގައި ޝިޔާމް އެޑްމިޓުކޮށްފައި --

މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށް ހާލުކޮޅު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓު ކުރެއްވި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިހާރު ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޝިޔާމްއަށް ފަރުވާ ދިނުމަށްފަހު އޭނާ މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށްވެސް އެ ކޯލިޝަން އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ޝިޔާމް އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އިދިކޮޅު ކޯލިޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.

ޝިޔާމްގެ ހާލުކޮޅު ދެރަވުމުން އެދުވަހު ހޮސްޕިޓަލަށް ގެންދިއުމަށް މަޖިލީހުގެ އިދާރާއިން ނެރެން ޖެހުނީ ވެސް މެންބަރުންގެ އެހީތެރިކަމާއެކުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *