ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް މަދަނީ ޖަމިއްޔާތަކުން ގޮވާލައިފި

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލި މަދަނީ ޖަމިއްޔާތައް --

މާތް ނަބިއްޔާ ﷺ އަށް ފަރަންސޭސިވިލާތުން ފުރައްސާރަ ކުރުމުން އެގައުމުގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް 34 މަދަނީ ޖަމިއްޔާއަކުން ގޮވާލައިފިއެވެ.

މަދަނީ ޖަމްޢިއްޔާތަކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޒަމާނުއްސުރެވެސް އިސްލާމްދީނުގެ ޢަދާވާތްތެރީން އަންނަނީ ކައުއިތުރު ނަބިއްޔާއަށް ތަފާތު ގޮތްގޮތުން ފުރައްސާރަކޮށް އެކަލޭގެފާނުގެ މަތިވެރި ޠާހިރު ޝަޙްޞިއްޔަތަށް ބޭއަދަބީ ބަސްތައް ރައްދުކުރަމުންކަމަށާއި މިއީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށްވެސް އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހުވެސް އެކާފަރުން ކުރަމުން އަންނަ ފިޑި ހުތުރު ޢަމަލެއް ކަމަށެވެ.

ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ އަމަލު ކުށްވެރިކުރުމަށް ދިވެހިން އަވަސްވެ ގަންނަން ޖެހޭ ކަމަށް ބުނެ އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިއަދުވެސް ދުނިޔޭގައި ތިބި އެންމެ ބޮޑެތި ކުފުރުގެ ލީޑަރުން ވެސް އިޚްތިޔާރުކޮށްފައި އެވަނީ ކައުނަބިއްޔާއަށް ފުރައްސާރަކޮށްގެން އިސްލާމްދީނާއި ދީނުގެ އަހުލުވެރީންނަށް އިހާނެތިކޮށް ނިކަމެތިކޮށްލެވިދާނެކަމުގެ ބޯދާ ވިސްނުން ކަމަށެވެ.

"އަދި އެކަމުގެ ނުރުހުމާއި އިންކާރުކޮށް އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި އަޅުގަނޑުމެންވެސް ކޮންމެވެސް ޙައިޘިއްޔަތަކުން ބައިވެރިވުމުގެ ނަޞީބު ލިބިގަތުމަށްވެސް އެންމެހާ އަޚުންނާ އުޚްތުންނަށް ހަނދުމަކޮށް އަރުވަމެވެ." ބަޔާނުގައިވެއެވެ.

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލާ ގޮވާލުމަށް ސަރުކާރުން އިޖާބަ ނުދިން ނަމަވެސް ކޮންމެ ދިވެއްސަކު ވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސުގެ އުފެއްދުންތައް އެކީ އެކަށް ބޯއިކޮޓު ކުރުމަށް ޖަމިއްޔާތަކުން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ގޮވާލައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *