ހަތިޔާރާއެކު ކައްދޫގައި ސިފައިން ތަމްރީނުތަކެއް ފަށަނީ

މީގެކުރިން ސިފައިން ކުރިޔަށް ގެންދިޔަ ތަމްރީނެއްގެ ތެރެއިން --

އަންނަ ހޮނިހިރު ދުވަހު ހަތިޔާރާއެކު ލ.ކައްދޫގައި ސިފައިން ތަމްރީނުތަކެއް ފަށަން ތައްޔާރުވެއްޖެއެވެ.

މި ތަމްރީން ކުރިޔަށް ގެންދިއުމަށް ނިންމާފައި އޮތީ ތިން ދުވަހުގެ މުއްދަތަކަށެވެ. މި ތަމްރީނުގައި ބަޑި ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. މި ތިން ދުވަހުގެ އިރު އޮއްސި 6:00 އިން ރޭގަނޑު 12:00އާ ހަމައަށް ތަމްރީންތައް ކުރިޔަށް ގެންދާނެއެވެ.

މިތަމްރީން ޕްރޮގްރާމްގައި ހަތިޔާރުގެ ގޮތުގައި ފިސްތޯލައާއި ރައިފަލްއާއި މެޝިންގަންގެ އިތުރުން ފްލެޔާސް ބޭނުން ކުރާނެއެވެ. މި ތަމްރީންތަކުގައި ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ ދުރު މިނަކީ 5،000 މީޓަރުގެ ސަރަހައްދެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ވައިގެ ސަރަހައްދުން އެންމެ އުސްމިނުގައި ބޭނުން ކުރާނީ 300 މީޓަރުގެ ސަރަހައްދެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *