ކުޅިވަރުގެ ގާނޫނަށް ހަސަންގެ އިސްލާހެއް، ވިދާޅުވީ ދުވަސްވީ ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ކަމަށް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ކުޅިވަރާއި ބެހޭ ގާނޫނަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އިސްލާހު ހުށަހަޅުއްވައިފިއެވެ.

އެކަން ހާމަ ކުރައްވާ ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ކުޅިވަރު ކުޅުންތެރިންނާއި ކުޅިވަރު ހިންގުމުގައި ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެވޭނެ ކަމަށެވެ.

ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުޅިވަރާއި އަދި ޒުވާނުންގެ ވަޒީރުކަން ކުރެއްވި ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރާއި ބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި، އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގުން ކަމަށެވެ.

ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީ ކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނެވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަކީ އެފަދަ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުސޫލެއް ގާއިމް ކުރުން ކަމަށްވެސް ބިލު ހުށަހެޅި ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *