ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު ފައިދާ އަށްވުރެ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް 94 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނެވެ.

އެސްޓީއޯ އިން ބުނީ ކޮވިޑް-19 ގެ ސަބަބުން ބައެއް ދާއިރާ ތަކުން ވިޔަފާރި ދަށްވިނަމަވެސް، އެސްޓީއޯ އަށް ސާފު ފައިދާ ލިބުމުގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުން ހިމެނޭ ކަމަށެވެ.

އެ ކުންފުންޏަށް މި ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 119 މިލިއަން ރުފިޔާ ލިބިފައިވާއިރު މި ކުއާޓަރުގައި 19 މިލިއަން ރުފިޔާ އެސްޓީއޯ އިން ވަނީ ޓެކުހުގެ ގޮތުގައި ދައްކައިފައެވެ.

މި ކުއާޓަރުގައި އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ ތެލުގެ ވިޔަފާރީންނެވެ. އެގޮތުން އެ ވިޔަފާރިން އެކުންފުންޏަށް 818 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެނޫން ދާއިރާތަކުން އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި 727 މިލިއަން ރުފިޔާ ލިބުނެވެ.

އެ ކުންފުންޏަށް މި މުއްދަތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ކުއާޓަރުގައި 1.2 ބިލިއަން ރުފިޔާގެ ވިޔަފާރި އެސްޓީއޯ އިން ކޮށްފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *