ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމުން އިދިކޮޅުން މަރުހަބާ ކިޔައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ---

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމުން އެމަނިކުފާނަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން މަރުހަބާ ކިޔައިފިއެވެ.

އިދިކޮޅުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެމެރިކާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. އަދި ޕޮމްޕެއޯގެ ދަތުރުފުޅުގެ ސަބަބުން އިތުރަށް ދެގައުމުގެ ގުޅުން ބަދަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ދަތުރުފުޅުގައި ދެގައުމުގެ މަސްލަހަތާއި ގުޅުންހުރި މުހިއްމު ވާހަކަތައް ދެކެވިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި އެގޮތުން ކޮވިޑް ވަބާއިން ސަލާމަތްވުމަށް ކުރެވެން ހުރި ކަންކަމާއި އިގްތިސޯދީ ގޮތުން ރާއްޖެ އަށް ދިމާވެފައިވާ ކަންކަމުން އަރައިގަތުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ވަނީ ރާއްޖޭގައ "ރޫލް އޮފް ލޯ" ގެ ހަމަތައް ދަމަހައްޓަން ގޮވާލައިފައެވެ. މީގެއިތުރުން ރާއްޖޭގެ އިގްތިސޯދީ ސިޔާސަތު ހަރަދުނާކޮށް ހަރަދު ކުރުމުގެ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމަށް އިދިކޮޅުގެ ބަޔާނުގައި ގޮވާލައިފައިވެއެވެ.

ޕޮމްޕެއޯގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވިއިރު އެމަނިކުފާނު ވަނީ ރާއްޖޭގައި އެގައުމުގެ އެމްބަސީއެއް ހުޅުވަން ނިންމާފައިވާ ކަމަށް އިއުލާން ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *