ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް އަޅަނީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ --

ދިވެހިރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމައިފިއެވެ.

މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯގެ ދަތުރުފުޅާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެމެރިކާއިން ރާއްޖޭގައި ރެޒިޑެންޓް އެމްބަސީއެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެ އެމްބަސީގެ ސަބަބުން، އެގައުމަށް ތައުލީމު ހާސިލް ކުރުމަށް ދާން ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި ބުނީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމި ނިންމުމަކީ މި ސަރުކާރުން ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅުން ގާއިމްކޮށް ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *