ކޮރަޕްޝަންގެ އައްޑާތަކަށް ފަނޑިޔާރުގެތައް ބަދަލުކުރީ ޔާމީންގެ ވެރިކަމުގައި: ރައީސް ނަޝީދު

ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް ނަޝީދު ވަޑައިގެން، ހަފްލާ އަށްފަހު ދެބޭފުޅުން ސަލާމް ކުރައްވާ ފޮޓޯއެއް ނަންގަވަނީ --

ރާއްޖޭގެ ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަކަށް ބަދަލުވެގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދާއި ލަފައިން ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ސިޔާސީ ނުފޫޒުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސަލާމަތް ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރައްވާފައިވާ ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލުން މެދުވެރި ކުރައްވާ މިއަދު އާންމު ކުރެއްވިި މެސެޖެއްގައެވެ.

ޕީޕީއެމް 9ވަނަ އަހަރީ ދުވަހާއި ވެސް ގުޅުވައިގެން ރައީސް ޔާމީން އާއްމު ކުރެއްވި މި މެސެޖުގައި ވިދާޅުވީ ޝަރުއީ އަދި ގާނޫނީ ދާއިރާއަށް މާނަވީ އިސްލާހްތައް ގެނެސް، ސިޔާސީ ފަރާތްތަކުގެ ވަކިތަކުން ޖޭއެސްސީ މިންޖުކޮށް ދެވޭނެ ބަޔަކީ އިދިކޮޅު ކަމަށެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނގޫރުކުރުމަށްފަހު، ކޮރަޕްޝަންގެ އައްޑާތަކަކަށް ފަނޑިޔާރުގެތައް ބަދަލުކުރީ ރައީސް ޔާމީންގެ އިރުޝާދާއި ލަފާގެ ދަށުން ކަމަށެވެ. އެކަންކަން ދިވެހިން ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޕީޕީއެމްގެ ވެރިކަމެއްގައި ކަންވީ ގޮތް ރައްޔިތުން ވަރަށް ރަނގަޅަށް ވެސް ހަނދާން ހުންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *